ތ. ވަންދޫގައި އަލަށް ބިނާކުރި މިސްކިތުގެ މަސައްކަތް ނިމި، ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި.

ތ. ވަންދޫގައި ސަރުކާރުން އަލަށް އިމާރާތްކުރި މިސްކިތުގެ އަމަލީ މަސައްކަތްތައް އެއްކޮށް ނިންމާލައިފިއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ، މިސްކިތް ރަސްމީކޮށް އާންމު ރައްޔިތުންނަށް ހުޅުވާލުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ފަންނީ އިންސްޕެކްޝަން މަސައްކަތްތަކެވެ. މި އިންސްޕެކްޝަންތައް ނިމުމާއެކު، މާ ލަސްތަކެއް ނުވެ މިސްކިތް ބޭނުންކުރަން ފެށޭނެ ކަމަށް މައުލޫމާތު ލިބެއެވެ.
ތ. ވަންދޫގައި ބިނާކޮށްފައިވާ މި އައު މިސްކިތަކީ އެއްފަހަރާ 300 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ.

ތ. ވަންދޫގައި އަލަށް ބިނާކުރި މިސްކިތް. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި މިސްކިތް ފަރުމާކޮށްފައިވަނީ އިސްލާމީ ވަހުދަތު ރަމްޒުކޮށްދޭ ފަދަ ރީތި، ޒަމާނީ ފެންވަރުގެ ސިފަތަކާ އެކުގައެވެ. މީގެއިތުރުން، މިއީ ދެ ޖިންސުގެ މީހުންނަށް ވެސް ފަސޭހަކަމާއެކު ނަމާދުކުރެވޭނެ އިންތިޒާމުތަކާއެކު ތަރައްގީކޮށްފައިވާ ތަނެކެވެ.

މި މިސްކިތުގެ މަސައްކަތް ނިމި، އާންމުންނަށް ނަމާދުކުރުމަށް ހުޅުވާލުމަކީ ވަންދޫގެ ރައްޔިތުންނަށް ނަމާދުކުރުމުގައި މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމެކެވެ. އަދި މި އައު މިސްކިތާއެކު އަޅުކަން ކުރުމަށްޓަކައި ޒަމާނީ، ހިތްފަސޭހަ އަދި ޖާގަ ތަނަވަސް މާހައުލެއް ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.
މިފަދަ ދީނީ ބިނާތައް ރަށްރަށުގައި ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ އިޖުތިމާޢީ އަދި ދީނީ ފޭރާން ވަރުގަދަކުރުމަށް ދެއްވާ ޚާއްސަ އަހައްމިއްޔަތުކަމުގެ ތެރެއިން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.