މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް 1.8 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ޓޫރިޒަމް އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން، އަހަރުގެ މިހާތަނަށް ޖުމްލަ 1,803,749 (އެއް މިލިއަން އަށްލައްކަ ތިންހާސް ހަތްސަތޭކަ ސާޅީސް ނުވަ) ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1,858,995 ފަތުރުވެރިންނާ އަޅާބަލާއިރު 3 އިންސައްތައިގެ ދަށްވުމެކެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ލޮޅުމާއެކު ފަތުރުވެރިން އަންނަ މިންވަރު ދަށްވި ނަމަވެސް، ވޭތުވެދިޔަ އޮކްޓޫބަރު މަހު ވަނީ އަދަދުތައް އަލުން މައްޗަށް އަރަން ފަށާފައެވެ. އެގޮތުން ނިމިދިޔަ އޮކްޓޫބަރު މަހު އެކަނިވެސް ރާއްޖެއަށް 194،039 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޒިޔާރަތްކުރި 192،398 ފަތުރުވެރިންނާ އަޅާބަލާއިރު 0.9 އިންސައްތައިގެ ކުރިއެރުމެކެވެ.
މިއަހަރުގެ މިހާތަނަށް މަސްތަކަށް ބަހާލައިގެން ފަތުރުވެރިން ޒިޔާރަތްކުރި އަދަދު:
ޖަނަވަރީ: 227،403 ފަތުރުވެރިން
ފެބުރުވަރީ: 254،556 ފަތުރުވެރިން
މާރިޗު: 161،259 ފަތުރުވެރިން
އެޕްރީލް: 152،861 ފަތުރުވެރިން
މޭ: 142،555 ފަތުރުވެރިން
ޖޫން: 123,552 ފަތުރުވެރިން
ޖުލައި: 184،735 ފަތުރުވެރިން
އޮގަސްޓު: 197,640 ފަތުރުވެރިން
ސެޕްޓެންބަރު: 197,640 ފަތުރުވެރިން
އޮކްޓޫބަރު: 194,039 ފަތުރުވެރިން
ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެ ޤައުމުން މިހާތަނަށް 332,186 ފަތުރުވެރިން އައިސްފައިވެއެވެ. އަދި 258,120 ފަތުރުވެރިންނާއެކު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ.

މެދުއިރުމަތީގެ ހާލަތުގެ ސަބަބުން އަހަރުގެ މެދުތެރޭގައި ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ، ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަނެއްކާވެސް އިތުރުވަމުން އަންނަކަން މި ހިސާބުތަކުން ހާމަވެއެވެ.