ދުނިޔޭގެ ފެންވަރުގެ ކަނޑު އުޅަނދުފަހަރާއި ކޮމްޕޮސިޓް އިންޑަސްޓްރީގައި މަޝްހޫރު، ބްރޭންޑެއް ކަމަށްވާ ”ސްކޮޓް ބޭޑަރ“ ގެ ރަސްމީ ޑިސްޓްރިބިއުޓަރެއްގެ ގޮތުގައި އެމް.ޖީ.އެޗް. ހޯލްސޭލް (MGH Wholesale) ހަމަޖައްސައިފިއެވެ. މި ބަދަލާއެކު ދިވެހިރާއްޖޭގެ ކަނޑު އުޅަނދުފަހަރުގެ ދާއިރާއަށް ދުނިޔޭގެ ފެންވަރުގެ އުފެއްދުންތަކެއް ތައާރަފުވެގެންދާނެއެވެ.

މި ބަދަލާއެކު ދިވެހި އުޅަނދުފަހަރު ބަނދެ އުފައްދާ ފަރާތްތަކަށާއި ކަނޑު އުޅަދުފަހަރުގެ މަސައްކަތް ކުރާ ވިޔަފާރިތަކަށް ސްކޮޓް ބޭޑަރގެ ފެންވަރު ރަނގަޅު އުފެއްދުންތައް މިހާރު ހިލޭ ޑެލިވަރީ އާއިއެކު ފަސޭހައިން ސީދާ މާލެއިން ލިބޭނެއެވެ. މިއީ މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.
ސްކޮޓް ބޭޑަރަކީ އާދަޔާޚިލާފު ކެލިބަރެއްގެ މޮޅު ފެންވަރު ރަނގަޅު، އުމުރު ދިގު، މޮޅެތި ފިނިޝްތަކަށް މަޝްހޫރު ބްރޭންޑެކެވެ. ދުނިޔޭގެ މަޝްހޫރު ބޯޓުބަންނަ ފަރާތްތަކުން ބޭނުންކުރާ މި ބްރޭންޑްގެ އުފެއްދުންތައް ލޮއިޑްސް ރެޖިސްޓަރ ފަދަ އިތުބާރު ހިފޭ ކަނޑުގެ އިދާރާތަކުން ސެޓިފައިކޮށްފައިވެއެވެ. މިފަދަ ބްރޭންޑެއް ރާއްޖެއަށް އައުމަކީ ދިވެހިރާއްޖޭގެ ކަނޑު އުޅަނދުފަހަރުގެ ސިނާއަތަށް ކުރިއެރުމެއް ގެނެސްދޭނެ ކަމެކެވެ.
އެމް.ޖީ.އެޗް. ހޯލްސޭލްގެ އޮޕަރޭސަން ހެޑް، މުހައްމަދު ނިޒާމް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، ”ސްކޮޓް ބޭޑަރގެ ދުނިޔޭގެ ފެންވަރުގެ މެރީން ސޮލިއުޝަންތައް ދިވެހިރާއްޖެއަށް ތައާރަފްކުރެވޭތީ އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވޭ. އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖޭގެ އުޅަނދުފަހަރު ބަނދެ އުފައްދާ ފަރާތްތަކަށް އެންމެ މޮޅު ތަކެތި، އެންމެ ވާދަވެރި އަގުތަކުގައި، އަދި އަވަހަށް އަދި އިތުބާރާއެކު، އެމް.ޖީ.އެޗް. ހޯލްސޭލްއިން ފޯރުކޮއްދޭނެ ކަމުގެ ޔަގީން ކަމެވެ.“
މި ބްރޭންޑްގެ ސަބަބުން ވަރުގަދަ އުޅަނދުފަހަރާއި، ދިގު މުއްދަތަށް ދެމިހުންނަ، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޕްރޮފެޝަނަލް ފިނިޝްތަކުގެ ފައިދާ ލިބިގެންދާނެކަމަށް ބެލެވޭ ކަމަށްވެސް އެމް.ޖީ.އެޗް. ހޯލްސޭލްއިން ވިދާޅުވިއެވެ. މިއީ ދިވެހިރާއްޖޭގެ ކަނޑު އުޅަނދުފަހަރުގެ ސިނާއަތުގެ ފެންވަރު އިތުރަށް މަތިކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ.