ކޯޓުގެ ހުރުމަތް ކެނޑުމުން އަދަދު ނޫހުގެ ޝަހުޒާނާއި ލީވާން ޖަލަށް ލައިފި!

އަދަދު‘ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށް ލައިފިއެވެ. ސަހުޒާން އަކީ ކަމުގެ ހަގީގަތް ބެލުމެއްނެތި އިލްޒާމު އެޅުވުމުގައި އަރާހުރި މީހެކެވެ.

 

ކްރިމިނަލް ކޯޓުގެ އަމުރަކާ ޚިލާފުވި ކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ވަނީ ޖަލަށް ލާފައެވެ. މި ދެ ނޫސްވެރިންގެ މައްޗަށް ތުހުމަތުކުރެވެނީ އެ ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއަކާ ގުޅިގެން ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށެވެ. ލީވާންގެ މައްޗަށް ތުހުމަތުކުރީ އަމުރާ ގުޅޭ ޚަބަރެއް ލިޔުމުން ކަމަށްވާއިރު، ޝަހުޒާންގެ މައްޗަށް ތުހުމަތުކުރީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އަމުރާ ޚިލާފަށް ސުވާލުކުރުމުންނެވެ. އަދަދު ނޫހުގެ ސީއީއޯ ވިދާޅުވާ ގޮތުގައި އެ ދެ ނޫސްވެރިންނަށް ދިފާއުވުމުގެ ފުރުސަތެއް ނުދެއްވާ ކަމައްބުއްވިއެވެ

ނަމަވެސް އިތުބާރު ހުރި ފަރާތަކުން ލިބުނު މައުލޫމާތުން އިނގުނު ގޮތުގައި ފުރުސަތު ލިބުނެވެ.

ދެ ނޫސްވެރިން ވެސް ޖަލަށް ލައިފައި މިވަނީ ގަޒުފުކުރިކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ބުނާ މައްސަލައިގައެވެ.

މި މައްސަލާގައި މިއަދު އެ ދެ ނޫސްވެރިން ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އަދި އަޑުއެހުންތައް ވަނީ ސިއްރު ވެސް ކޮށްފައެވެ.

’ރަންދެލި‘ އަށް މައުލޫމާތު ދެއްވައި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ އެ ދެ ނޫސްވެރިން ވެސް މިހާރު ޖަލަށް ލާފައިވާ ކަމަށެވެ. އަދި އެ ދެ ނޫސްވެރިން ވެސް ހައްޔަރުކުރީ، ތުހުމަތުތަކާ މެދު ދިފާއުވުމަށް އެއްވެސް ފުރުސަތެއް ނުދީ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކޯޓުންވަނީ ވަކީލުން ހަމަޖެއްސުމައް ވަގުތު ދެއްވާފައެވެ.

މީގެކުރިންވެސް ރާއްޖޭގައި ކޯޓުގެ ހުރުމަތް ކެނޑުމުން ވަގުތުން ޖަލު ހުކުންވަނީ ކޮއްފައެވެ. ނޫސްވެރިއަކައްވެގެން ވަކި ދިފާއުވެ އަދަބުން ބަރީއަތް ވެވެން އޮތުމަކީ މިފަދަ ކުއްތައް ތަކުރާރު ވުމައްލިބޭ ފުރުސަތެއްކަމައް ގިނަބަޔަކު ދެކެއެވެ.

ކޯޓުން ވަނީ ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

ނޫސްވެރިޔާ ލީވާން ކޯޓަށް ހާޒިރުކޮށްފައި ވަނީ ކޯޓުން ނެރުނު އެ އަމުރާ ގުޅޭ ޚަބަރެއް ލިޔެގެން ކަމަށް ބުނެއެވެ. އަދި، ޝަހުޒާން ހާޒިރުކޮށްފައި ވަނީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރާ ޚިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރި ކަމަށް ބުނާ މައްސަލައިގައެވެ.