އެމް ޑީ ޕީ ގެ ފައުންޑާރސް ގޮތުގައި ހިމެނޭ ބަނބުކެޔޮ މުހައްމަދު (އަލްމަރުހޫމް މުޙައްމަދުމަނިކު ، މ.ޖަރީމާގެ / ކ.މާލެ) ގެ ދަރިން އެމްޑީ ޕީ ދޫކޮއް ޕީއެންސީ އަށް ގުޅިވަޑައިގެންފި.

މާލެ، ދިވެހިރާއްޖެ: ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި، އެ ޕާޓީގެ ފައުންޑާސް މެންބަރެއް ކަމަށްވާ ބަނބުކެޔޮ މުޙައްމަދު (އަލްމަރުހޫމް މުޙައްމަދު މަނިކު، މ.ޖަރީމާގެ / ކ.މާލެ) ގެ ދަރިން، އެމްޑީޕީ ދޫކޮށްލާ، ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގެންފި އެވެ. މިކަން ހާމަކޮށްފައިވަނީ 2025 ނޮވެމްބަރ 14 ވަނަ ދުވަހު ބޭއްވުނު ޕީއެންސީ ގެ ބޮޑު ޖަލްސާގެ ތެރެއިންނެވެ.

މިގޮތުން އެމްޑީޕީގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވެފައިވާ ބަނބުކެޔޮ މުޙައްމަދުގެ ދަރިން ކަމުގައިވާ ޝާހީން މުޙައްމަދު، މ.ޖަރީމާގެ / ކ.މާލެ، އަދި ޙުސައިންމަނިކު، މ.ޖަރީމާގެ / ކ.މާލެ، އަޙްމަދު ޖަނާޙް، މ.ޖަރީމާގެ / ކ.މާލެ، އަދި ޢަބްދުﷲ ޖާވިދު، މ.ޖަރީމާގެ / ކ.މާލެ ވަނީ ޕީއެންސީއާ ގުޅިވަޑައިގަތުމުގެ ފޯމު ހުށަހަޅުއްވައިފަ އެވެ.

މި އާއިލާ އަކީ އެމްޑީޕީން ރާއްޖޭގައި އިސްލާހީ މަސައްކަތްތައް ފަށާފައިވަނިކޮށް، އަމިއްލަ ޖީބުން ހަރަދުކޮށްގެން އެމްޑީޕީ ވުޖޫދަށް ގެނައުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި އާއިލާއެކެވެ. އެއަށްފަހުވެސް އެއްވެސް ވަރަކަށް އިތުރު ޕާޓީއަކަށް ނުގޮސް، އެމްޑީޕީގެ ވިސްނުމުގައި ސާބިތުކަމާއެކު ތިބި ބޭފުޅުންތަކެކެވެ.

އެމީހުން އެމްޑީޕީ ދޫކޮށްލަން ނިންމީ އެމްޑީޕީގައި ކުރިން އޮތް ރޫހު މިހާރު ގެއްލި، ޕާޓީ ރޫޅިފައިވާ ކަމަށް ގަބޫލުކުރެވޭތީ އެވެ. އަދި، މިހާރު އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން ވެރިކަމާއި ތޮޅެ، އެމްޑީޕީ ތެރޭގައި ކޯޅުންގަނޑު ބޮޑުވެފައިވާކަން ވެސް އޭގެ ސަބަބެއް ކަމަށް މި އާއިލާއިން ފާހަގަކުރެ އެވެ. އެމްޑީޕީގައި ތިބެގެން އިތުރަށް ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކެއް ނުކުރެވޭނެ ކަމަށް ގަބޫލުކުރެވުމުން މި ނިންމުން ނިންމީ ކަމަށް އެ އާއިލާގެ ބޭފުޅުން ވިދާޅުވެފައިވެ އެވެ.

މި އާއިލާ ޕީއެންސީއާ ގުޅިވަޑައިގަތުމަކީ، ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަ މުހިންމު ބަދަލެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.