ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ، ބަނބުކެޔޮ ހުސައިން މަނިކު، މިއަދު އެކްސް (ކުރިން ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި، އެމްޑީޕީގެ އެތެރޭގެ ހާލަތާ ގުޅޭގޮތުން ބުރަ ވާހަކަތަކެއް ދައްކަވައިފިއެވެ. އޭނާ ވިދާޅުވެފައިވަނީ އެމްޑީޕީގެ މެމްބަރުން ގުނބޯ ހައްދައިގެން ގެންގުޅުނު ޒަމާން މިހާރު ނިމިފައިވާ ކަމަށެވެ.
ބަނބުކެޔޮ ހުސައިން މަނިކު އޭނާގެ ޕޯސްޓުގައި ފާޅުކުރެއްވި ހިޔާލުފުޅުތައް ތިރީގައި މިވަނީ:
”އަޅުން ގެންގުޅުނުގޮތަށް ގުނބޯ ހައްދައިގެން އެމްޑީޕީ މެމްބަރުން ގެންގުޅުނު ޒަމާންނިމިއްޖެ.“
މި ބަސްފުޅުތަކުން ދޭހަވަނީ އެމްޑީޕީގެ ތެރޭގައި ހުރި ބާރުގެ ގުޅުންތަކާއި މެމްބަރުންނަށް ދެވޭ އިހުތިރާމާ މެދު އޭނާ ނުރުހުން ފާޅުކުރެއްވި ކަމަށެވެ.
ޕާޓީގެ އެތެރޭގެ ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވަމުން، ހުސައިން މަނިކު ވިދާޅުވީ:
”ޕާޓީ އަންބޮނޑިއަށް ޖަހައިގެން ހިންގާލާނެ ކަމަށްބުނެ ޕާޓީ ބައިބައިކޮށް، ބަނގުރޫޓްކޮށްލީ.“
މިއީ ޕާޓީގެ އިސް ބޭފުޅުންގެ ފަރާތުން އަންނަ ބާރުގަދަ ކުރުމުގެ ސިޔާސަތުތަކުގެ ސަބަބުން ޕާޓީގެ އެއްބައިވަންތަކަން ކެނޑި، ސިޔާސީ ގޮތުން ބަލިކަށިވެފައިވާކަން އަންގައިދޭ ބަސްފުޅުތަކެއް ކަމަށް ބެލެވެއެވެ.
އަދި ޕާޓީގެ މާޒީއާއި މުސްތަގުބަލާ މެދު ހާސްކަން ފާޅުކުރައްވަމުން، އޭނާ ވިދާޅުވީ:
”މަތިފަޑި އޮތީ ފުނޑިފަ، ރޫހު އޮތީ ގެއްލިފައި.“
މި ބަސްފުޅުތަކުން ދޭހަވަނީ އެމްޑީޕީގެ އެތެރޭގައި މާޔޫސްކަން ބޮޑުވެ، ޕާޓީގެ އަސްލު ރޫހު ގެއްލިފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ:
”އަސަރު ކުރާނެ، އަދި މާރީތި މަންޒަރުތަށް ފެންނާނެ.“
މި ބަސްފުޅުތަކުން ދޭހަވަނީ ކުރިއަށް އޮތްތަނުގައި އެމްޑީޕީގެ ސިޔާސީ މަސްރަހުގައި މުހިއްމު ބަދަލުތަކެއް ފެނިގެންދާނެ ކަމަށް އޭނާ އުންމީދު ކުރައްވާ ކަމެވެ. ބަނބުކެޔޮ ހުސައިން މަނިކުގެ މި ވާހަކަތައް އައިސްފައިމިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ގިނަ ބަދަލުތަކަކާ ކުރިމަތިލާފައިވާ ދަނޑިވަޅެއްގައެވެ.
މިގޮތުން ނޮވެމްބަރ 14 ވަނަ ދުވަހު ޕީ އެން ސީ އިން ބޭއްވި ބޮޑު ޖަލްސާ ތެރެއިން އެމް ޑީ ޕީ ގެ ފައުންޑާސް މެންބަރެއް ކަމަށްވާ ބަނބުކެޔޮ މުޙައްމަދު (އަލްމަރުހޫމް މުޙައްމަދު މަނިކު، މ.ޖަރީމާގެ / ކ.މާލެ) ގެ ދަރިން، އެމް ޑީ ޕީ ދޫކޮއް ޕީ އެން ސީ އަށް ބަދަލް ވެގެން ދިއުން ފާހަގަ ކުރެވެއެވެ.
https://x.com/bkhussainmanik/status/1990128803096469705?t=Dg6I8wd5UilWy-U5dtgVDQ&s=19