ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލޭގެ ހެންވޭރު ދާއިރާގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި،

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލޭގެ ހެންވޭރު ދާއިރާގެ ރައްޔިތުންނާ  ރޭ ބައްދަލުކުރައްވައި، އެމީހުންގެ ސަކުވާތަކާއި ކަންބޮޑުވުންތައް ވަރަށް ގާތުން އަޑުއައްސަވައިފިއެވެ. މި ބައްދަލުވުން އޮތީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެމީހުންގެ ދިރިއުޅުމުގެ ޙާލަތާއި ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިންނެވެ.

މާލޭގެ ހެންވޭރުގައި ބޭއްވުނު މި ބައްދަލުވުމުގައި، ރައީސް ޑޮކްޓަރ މުޢިއްޒު ވަނީ އެ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، އެމީހުންނަށް ދިމާވެފައިވާ މައްސަލަތަކާއި، އެކަންކަމާމެދު ހުރި ކަންބޮޑުވުންތައް ސަމާލުކަމާއެކު އަޑުއައްސަވައިފައެވެ. ރައްޔިތުންގެ ފަރާތުން ހުށަހެޅުނު މުހިންމު ކަންތައްތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަތިކަން، ވަޒީފާގެ ފުރުޞަތުތައް މަދުވުން، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް، އަދި މާލޭގެ ތޮއްޖެހުން ފަދަ މައްސަލަތައް ހިމެނެއެވެ.

ރައްޔިތުންގެ ވާހަކަތައް އަޑުއެެއްސެވުމަށްފަހު، ރައީސް މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތައް ޙައްލުކުރުމަކީ ސަރުކާރުގެ އެންމެ އިސްކަމެއް ކަމުގައެވެ. އަދި ހެންވޭރު ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، އެކަންކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ރައީސް ޔަގީންކަން ދެއްވިއެވެ. އެމަނިކުފާނު ވަނީ، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއަށް އަބަދުވެސް އިސްކަންދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި މައްސަލަތައް އަޑުއެެއްސެވުމަކީ، ރައްޔިތުންނަށް ކައިރިން ޚިދުމަތްކުރުމުގެ ސަރުކާރުގެ ސިޔާސަތުގެ މުހިންމު ބައެކެވެ. މިފަދަ ބައްދަލުވުންތަކުގެ ސަބަބުން، ރައްޔިތުންނާ ގުޅުން ބަދަހިކުރެވި، ރައްޔިތުންގެ ހުރިހާ ބޭނުންތަކަކަށް ޖަވާބުދާރީވާ ސަރުކާރެއް ބިނާކުރުމަށް އެހީތެރިވެދޭނެ ކަމަށް ސަރުކާރުން ވެސް ދެކެއެވެ

ރައްޔިތުންގެ ވިސްނުން ހުރި ގޮތް އެބަ އެނގޭ. މިއިން ކޮންމެ ކަމެއްގައި، އަޅުގަނޑުމެން މިކުރާ ކަންކަމަކީ ރައްޔިތުންގެ ވިންދާއި އިޙްސާސް އެނގިހުރެ، ރައްޔިތުންނަށް ބޭނުންވާ އެންމެ ރަނގަޅު ކަންތައްތައް ރައްޔިތުންނަށްޓަކައި ކޮށްދިނުމުގެ މަސައްކަތް. އެކަންއެކަން މި ކުރަނީ، އަޅުގަނޑަށް ފުރިހަމަ ޔަޤީންކަން އޮތީމަ“ – ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުއިއްޒު